ރައީސް ލައިބާއަށް މަރުހަބާ ވިދާޅުވުމަކީ ލިބިލެއްވި ހިތްވަރެއް: މަހުލޫފު
ރާއްޖޭގެ އެންމެ އުންމީދީ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ، 13 އަހަރުގެ ލައިބާ އަހުމަދު މަހުލޫފު (އެލީ) އާމޭނިއާގައި ބޭއްވުނު ޔޫތް އޮޕަންގައި ހޯދި ތާރީޚީ ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވުމަކީ ލިބިލެއްވި ބޮޑު ހިތްވަރެއް ކަމަށް އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. ލައިބާ ވަނީ އާމޭނިއާގެ ވެރިރަށް ޔެރެވަންގައި ބޭއްވުނު "އާމޭނިއާ ޔޫތް އޯޕަން 2025" ގައި 13 އަހަރުން ދަށުގެ އުމުރުފުރާގެ ހުރިހާ ކެޓަގަރީއަކުން…









