މިރަމަޟާން މަހު އަލަށް 31 ހާފިޒުން ދަސްވެނިވާނެ
މިއަހަރު ޙާފިޒުން ދަސްވެނިވުމުގެ ޝަރަފްވެރި ޙަފްލާގެ އެންމެހައި ކަންކަމެއްވަނީ ފުރިހަމަ ކުރެވިފައިވާ ކަމަށާއި މިއަހަރަކީ ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް ޙާފިޒުން ދަސްވެނިވާ އަހަރު ކަމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ހަދާ ޙާފިޒުކަމުގެ އިމްތިހާނަކީ ވަރަށް އިތުބާރު ހުރި ގޮތަކަށް ކުރިއަށް ގެންދެވޭ އިމްތިޙާނެއް ކަމަށާއި ޙާފިޒުން އިމްތިހާން ކުރާ ކޮމިޓީތަކުގައި މެންބަރުންނަށް ތިއްބަވަނީ ތަޖުރިބާކާރު ޙާފިޒުން ކަމަށެވެ. ދަރިވަރުގެ އިމްތިޙާން ކުރިއަށްދާ ގޮތަކީ ކޮންމެ ދުވަހަކު މަދުވެގެން…









