ފުރަތަމަ ފަހަރަށް ސައުދީގައި ދިވެހި ހައްޖުވެރިންނަށް ކްލިނިކެއް ގާއިމުކޮށްފި
ފުރަތަމަ ފަހަރަށް ސައުދީ އަރަބިިއްޔާގައި، ދިވެހި ހައްޖުވެރިންނަށް ފަރުވާ ދިނުމަށްޓަކައި ކްލިނިކެއް ގާއިމުކޮށްފިއެވެ. މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ މަހު ހަ ވަަނަ ދުވަހެވެ. ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށް މި އަހަރު ވަނީ 1،000 ކޯޓާ ލިބިފައެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވީ ރާއްޖޭގެ ހައްޖުވެރިންނަށްޓަކައި، ހައްޖު މޫސުމުގައި ޚާއްސަ ކްލިނިކެއް ހެދުމަށް ސައުދީ ސަރުކާރުން ދިވެހި ހައްޖު މިޝަންއަށް ރަސްމީކޮށް ހުއްދަދީފައިވާ ކަމަށެވެ. އެއާއެކު ހައްޖު ކޯޕަރޭޝަނުން…









