ރައުދުގެ ބަންދަށް ފަސް ދުވަސް ޖަހައިފި
އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ ބަންދަށް އިތުރު 5 ދުވަސް ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ. ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ރައުދު އިއްޔެ ބަންދުން ދޫކޮށްލި އެވެ. އެކަމަކު އާ އަމުރެއް ނެރެ ކުޑަ އިރުކޮޅެއްގެ ފަހުން އިއްޔެ އަލުން ހައްޔަރުކުރީ އެވެ. ރައުދު އިއްޔެ ދޫކޮށްލީ ވެސް އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން 20 ދުވަސް…









