އެމްޖޭއޭގެ އާ ރައީސަކަށް ނާއިފު
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އާ ރައީސަކަށް ނޫސްވެރިޔާ އަހުމަދު ނާއިފު ރޭ އިންތިހާބުކޮށް ފިއެވެ. އެ ޖަމިއްޔާގެ އާ ރައީސަކަށް މިހާރު ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުރި އަދި "ދައުރު" ނޫހުގައި މަސައްކަތް ކުރަމުން އަންނަ ނާއިފް އިންތިހާބުކުރި އިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބުކުރީ "އަދަދު" ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނެވެ. އެސްޖީގެ މަގާމަށް އިންތިހާބުކުރީ މިހާރު ރައީސްގެ މަގާމުގައި ހުންނެވި އަލީ ރިފްޝާނެވެ. އަދި ބަޖެޓު ސެކްރެޓަރީއަކަށް އިންތިހާބުކުރީ މުހައްމަދު އުސާމެވެ.…









