އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 28 ގައި
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސް އޮންނާނީ މި މަހުގެ 28 ގައި އިސްލާމީ މަރުކަޒުގަ އެވެ. ކޮންފަރެންސްގައި ޒަކާތުގެ ދާއިރާގެ ތަޖުރިބާކާރު ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ. އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސެއް ބާއްވަން މިނިސްޓްރީން ނިންމި އިރު، ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާ ކުރަން މި ސަރުކާރުން މޯލްޑިވްސް ޒަކާތުގެ ހައުސްގެ ނަމުގައި އިދާރާއެއް އުފައްދައި، އެ ދާއިރާ ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް…
އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމަށް އިމާދު
އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް އިމާދު ސޯލިހު ހަމަޖައްސަވައިފި އެވެ. އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމާއި އިމާދު ހަވާލުވެވަޑައިގެންނެވީ އިއްޔެ އެވެ. އެ މަގާމުގައި އެންމެފަހުން ހުންނެވި މުހައްމަދު ޝުޖާއު ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެ މަގާމަށް ޝުޖާއު އައްޔަންކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. އިމާދު އެންމެފަހުން ހުންނެވީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމުގަ އެވެ. އެ މަގާމުން…
މަޖިލިސް ކައިރިއަށް ޕީއެންސީ އާއި އެމްޑީޕީން އެއްވެއްޖެ
ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތް މިއަދު ކުރިއަށްގެންދާއިރު، މަޖިލިސް ކުރާ ގެ ކައިރިއަށް ވެރިކަން ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީން ވެސް އެއްވެއްޖެ އެވެ. މަޖިލިސް ކައިރިއަށް އެއްވެފައި ތިބި ޕީއެންސީގެ މެންބަރުން ގޮވަމުންދަނީ ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުމަށެވެ. އެމްޑީޕީގެ ސަޕޯޓަރުން ގޮވަމުންދަނީ އިސްލާހުތައް ބޭރުކޮށްލުމަށެވެ. އެ ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އެއް އިސްލާހަކީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ…
ގާސިމްގެ ނަން ބޭނުންކޮށްގެން ހިންގަމުންދާ އޮޅުވާލުމުގެ ޢަމަލަކަށް ސަމާލުވުމަށް ގޮވާލައިފި
ނަން ބޭނުންކޮށްގެން އޭއައިގެ ވަސީލަތުން ހިންގަމުންދާ އޮޅުވާލުމުގެ ޢަމަލަކަށް ރައްޔިތުން ސަމާލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާސިމްގެ ފޮޓޯއާއި ވީޑިއޯތައް މެދުވެރިކޮށް އޮފްޝޯ ޓްރޭޑިންގ އިންވެސްޓްމަންޓް ސްކީމެއް ދަނީ ޕްރޮމޯޓްކުރަމުންނެވެ. މި ސްކީމްގެ ފަރާތުން ދައްކާ ވާހަކައިގައި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންވެސްޓަރުންނަށް ފައިދާ ލިބޭނެ ކަމަށް ވެސް ބުނެއެވެ. ގާސިމް ވިދާޅުވި ގޮތުގައި މިއީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައި،…
ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދަނީ
ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ. މި މައްސަލައިގައި ހޯދަމުން ދަނީ އަޙްމަދު ފާރިޝް، ތ. ބުރުނި / އަހިމާގެ (36އ) އެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެ ޓްރެފިކް ޕޮލިހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް…
އިޒްރޭލް ޕާސްޕޯޓް މަނާކުރުން އަވަސްކުރަން ގޮވާލާ ހުށަހެޅި ޤަރާރު ބޭރުކޮށްލައިފި
އިޒްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރ މަޙައްމަދު އިބްރާހީމް ހުށަހަޅުއްވައިފައިވާ، އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅަފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވައިލައި މިއަދުގެ މަޖިލިހުގައި ވަނީ ޤަރާރެއް ހުށަހަޅައިފައެވެ. މި ގަރާރު މަޖިލިހަށް ބަލައިގަތުމަށް ވޯޓަށް އެހުމުން ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 15 މެންބަރުންނެވެ. އަދި…
ގަބޫލު ކުރަނީ ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތުން ގޮނޑި ގެއްލޭގޮތަށް އޮތުން: އަނާރާ
މަޖިލީހަށް މެންބަރަކު ހޮވާ ދާއިރާގެ ރައްޔިތުންގެ ވޯޓުގެ އަގުލަބިއްޔަތުން މަޖިލިސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީގައި އޮތުން ކަމަށް ގަބޫލުކުރައްވާކަމަށް ވެރިކަން ކުރާ ޕީއެންސީގެ ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމު ވިދާޅުވެއްޖެއެވެ. ޕާޓީ ބަދަލުކޮށްފި ނަމަ މަޖިލިސް މެންބަރުކަން ގެއްލޭނެ ކަމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ، ސިޔާސީ ޕާޓީއަކުން ހޮވޭ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުމުގެ ވާހަކަ…









