ގަމު އެއާޕޯޓުގައި މެޓް އޮފީހުގެ އާ ޢިމާރާތެއް ގާާއިމްކުރަން ސޮއިކޮށްފި
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މެޓް އޮފީހުގެ އައު ޢިމާރާތެއް ޤާއިމްކުރުމަށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި ވޭސްޓް މެނޭޖްމެންޓް ކޯޕޮރޭޝަން ލިމިޓެޑް (ވެމްކޯ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ގަމުގައި މެޓް އޮފީހުގެ އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކޮށްފައިވެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ މިއީ ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ދުރާލާ ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.









