މެލޭޝިޔާ ހައިކޮމިޝަނުން ޤުރުއާން މުބާރާތް ބާއްވައިފި
މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ. އިޤްރައުލް ޤުރްއާން 1446 ނަމުގައި ކުރިއަށް ގެންދިޔަ މި މުބާރާތަކީ ރަމަޟާން މަހަށް ހާއްޞަކޮށްގެން މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމްކޮށްގެން ކޮންމެ ރަމަޟާން މަހަކު މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ކުދީންނަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ މުބާރާތެކެވެ. މި މުބާރާތުގައި އެކި އުމުރު ފުރާއިން ޖުމްލަ 32 ކުދީން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ މަޤްސަދަކީ، މެލޭޝިޔާގައި ދިރިއުޅޭ ކުދީންގެ ހިތްތަކުގައި ކީރިތި ޤުރުއާނާ މެދު ލޯބި އުފައްދާ،…