ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ޕާކިން ސްޓިކާ އަލުން ޖެހުމަށް ނިންމައިފި
މާލެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ބަޔާނެއްގައިވާ ގޮތުން މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކާއި، ޚާއްޞަކޮށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވައިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. އެހެންވެ، ފުލުހުން އެދުނީ މާލޭއާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްގައި މެނުވީ ޕާކު ނުކުރުމަށެވެ. އަދި ބައެއް…