ސަރުކާރާއި އިދިކޮޅު ނޫސްތައް ބްލޮކް ކުރުން މީޑިއާ ކައުންސިލުން ވެސް ކުށްވެރިކޮށްފި
މި ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރި ވެބްސައިޓުތަކެއް ބްލޮކު ކުރުމުން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް އެކަން ކުށްވެރިކޮށްފި އެވެ. ރަޖިސްޓްރީނުކޮށް ހިންގަމުން އައި ކުރުސީ ޑޮޓް ކޮމް އާއި ދިޔަވަރު ޑޮޓް ކޮމާއި ރަޖިސްޓްރީކޮށްފައިވާ ފުރަތަމަ ޑޮޓް ކޮމް ދިވެހިރާއްޖެއިން ނުވަދެވޭ ގޮތަށް ވަނީ ބްލޮކްކޮށްފަ އެވެ. އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ ނޫސް މަޖައްލާތަކަކީ ވެސް 'މީޑިއާ' ކަމަށް އެ ކައުންސިލްގެ ގާނޫނުގެ 36 މާއްދާގައި…