ހޮނިހިރު ދުވަހު ޕީކް ގަޑީގައި ގާތްގަނޑަކަށް 104 މެގަވޮޓްގެ ކަރަންޓު ބޭނުންކުރި: ސްޓެލްކޯ
ހޮނިހިރު ދުވަހު ޕީކް ގަޑީގައި މާލޭގައި ގާތްގަނޑަކަށް 104 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. ސްޓެލްކޯ އިން ބުނީ މާލެއާއި، ހުޅުމާލޭގައި ހޮނިހިރުދުވަހު ދުވަހު ޕީކް ގަޑިތަކުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރުވަނީ ހުކުރު ދުވަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު އެންމެ ޕީކް ގަޑީގައި 104 މެގަވޮޓާއި ގާތްކުރާ އަދަދަކަށް ކަރަންޓު ބޭނުންކުރެވިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން އާންމުކުރި މަޢުލޫމާތަށް ބަލާއިރު، ހޮނިހިރު ދުވަހު އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ…