ރަބީއުވިލާ ގޭގައި ރޯވި ސަރަހައްދަށް ރައީސް ވަޑައިގެންފި
މ. ރަބީއުވިލާ ގޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އެ ސަރަހައްދުގެ ހާލަތު ބައްލަވާލައްވައިފިއެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގެންއިރު، އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަލިފާން ރޯވެފައިވަނީ ބާވެ ވެއްޓެން ކައިރިވެފައިހުރި އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައެވެ. އެމްއެންޑީއެފްއިން ބުނީ، އެ ގޭގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައިވަނީ ގާތްގަނޑަކަށް 8:30 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަން މިހާތަނަށް އެނގިފައިނުވާ ކަމަށް…