ހިންދޫ ފާދިރީގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
ރާއްޖޭގައި ހިންދޫ ދީނުގެ މީހަކު ރޫހާނީ ފަރުވާދޭ ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ފުލުހުން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލުން މަޢުލޫމާތު ދެއްވި ގޮތުގައި "މާސްޓަރ ދުރްގާ ރާއޯ ގުރުޖީ" އެވެ ކިޔާ މީހަކު ސޯޝަލް މީޑިއާގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް އިޝްތިހާރުކުރަމުންދާކަން ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. މި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންނެވެ. އަދި މިފަދަ، ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު…