އާ އަހަރާއެކު ރާއްޖެއިން ޗައިނާއާއެކު އޮންނަ ގުޅުންތައް ބަދަހިވާނެކަން ޔަޤީން: ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. މިގޮތުން ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މިއަހަރަކީ ޗައިނާގެ ރައްޔިތުންނަށް ތަނަސްވަކަމާއި، ދުޅަހެޔޮކަމާއި، އުފާވެރިކަން ލިބިގެންދާނެ އަހަރެއް ކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ޗައިނާއާއެކު އޮންނަ ގާތް އެކުވެރިކަމުގެ ގުޅުމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަންކުރާ ކަމަށާއި، ދެ…