މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދަނީ
މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން 400 ޑޮލަރު ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާން ކުރި…