މަސްދަޅު ކޭސް ދޫކުރަން ޓޯކަން ނިޒާމެއް
ރޯދަމަހުގެ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި ދޫކުރަން ޓޯކަން ނިޒާމެއް ތައާރަފުކޮށްފި އެވެ. މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މަސްދަޅު ކޭސް އާންމުންނަށް ފޯރުކޮށްދިނުމުގައި އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން، މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއިއެކު، މިއަދުން ފެށިގެން މަސްދަޅުކޭސް ދޫކުރާނީ ރޭގަނޑު އެކަނި ކަމަށެވެ. އަދި މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމުގައި މިނިސްޓްރީން…