އެމްޑީޕީ އިން ސަރުކާރަށް: ޖަލްސާއަށް ހުރަހެއް ނޭޅޭނެ
އިދިކޮޅު އެމްޑީޕީ އިން "ގާނޫނުއަސާސީގެ ދިފާއުގައި" މާދަމާ ރޭ ބާއްވާ ޖަލްސާއަށް ހުރަސް އަޅަން ސަރުކާރަށް ނުކެރޭނެ ކަމަށް ބުނެ އެ ޕާޓީން ސަރުކާރަށް ގޮންޖަހައިފި އެވެ. މާލޭގެ ކާނިވާ ސްޓޭޖުގައި މާދަމާ ރޭ ބާއްވާ މިޖަލްސާއަށް އެމްޑީޕީ އިން ގެންދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިޖަލްސާއަށް އަތޮޅު ތެރެއިން ވެސް ބައެއް މީހުން މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ. މިޖަލްސާއާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ…









