އީ-ޕެޓިޝަން ތައާރަފް ކުރަން އާންމުންގެ ހިޔާލު ހޯދަނީ
ރައްޔިތުންގެ މަޖިލީހުން އިލެކްޓްރޯނިކް ޕެޓިޝަން ހުށަހެޅޭ ނިޒާމެއް ގާއިމް ކުރުމަށް އެކަމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ. މަޖިލީހުން މިއަދު ބުނީ، އެ އިދާރާއާއި ޔޫއެންޑީޕީ ގުޅިގެން ތައާރަފްކުރުމުގެ ނިޒާމުގެ ސިޔާސަތު ކަރުދާހަށް މި މަހުގެ 29 ގެ ކުރިން ހިޔާލު ހުށަހެޅޭނެ ކަމަށެވެ. ހިޔާލު ހުށަހަޅަން ޖެހެނީ ޕެޓިޝަން ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް އަދި އެކަމަށް ހާއްސަ ލިންކަކުންނެވެ. މި ނިޒާމާ ގުޅޭ ތަފްސީލްތައް ހާމަކުރުމަށް މައުލޫމާތު ބައްދަލުވުންތަކެއް ވެސް ބާއްވަން ވަނީ ނިންމައިފައެވެ. ސަރުކާރުގެ…









