މެރިކަލްޗާ އަށް ޗައިނާގެ އިންވެސްޓަރުން މުހިއްމު
ރާއްޖޭގައި މެރިކަލްޗާ ކުރިއަރުވަން މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނާތީ އެ ދާއިރާ ކުރިއަރުވަން ޗައިނާގެ އިންވެސްޓަރުން މުހިއްމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ޗެއާމަން ލުއާ ޖައުހުއީ އާއި އެކު ބޭއްވި ބައްދަލުމުގައި ވިދާޅުވީ މެރިކަލްޗާ އަށް އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް ރާއްޖެ އިން މިހާރު…









