ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ހަވީރު 4އާ ހަމައަށް!
އަންނަ އެޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީ މިއަދު ފަށައިފި އެވެ. ހެނދުނު 9:00 ގައި ފެށި ޕްރައިމަރީ ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ، ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް…









