އިރުތިޝާމް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް އަރުވައިފި އެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ރަސްމީ ގަނޑުވަރު ބަކިންހަމް ޕެލަސް ގައެވެ. މިރަސްމިއްޔާތުގައި ޗާލްސް ވަނީ އިރުތިޝާމަށް މަރުހަބާ ވިދާޅުވެ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމުގައި ވިދާޅުވެފަ އެވެ. އިރުތިޝާމް ވަނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން…