ޕީއެންސީގެ ތަރުޖަމާނަކަށް ފިރުޒުލް
ޕީއެންސީގެ ތަރުޖަމާނަކަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސަވައިފި އެވެ. ޕީއެންސީން ބުނީ އެ ޕާޓީގެ ތަރުޖަމާނަކަށް ފިރުޒުލް އައްޔަންކޮށްފައިވާ ކަމަށެވެ. ފިރުޒުލް މިހާރު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގަ އެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވީ ފިރުޒުލް އެވެ. އޭނާއަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.









