އާ އަހަރާ ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި
އައު އަހަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފި އެވެ. ފުލުހުން ބުނީ މި އޮޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. މި އޮޕަރޭޝަންގައި މާލޭގެ އެކި ސަރަހައްދުތަކުގައި ވީސީޕީ ގާއިމުކޮށް މީހުންނާއި ސުވާލުކުރުމާއި ވެހިކަލް ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން ހާއްސަ ސަމާލުކަމެއް ދީގެން ވައްކަމާ ފޭރުން ހުއްޓުވުމާއި، ބަނގުރަލާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކާއި، ސައިލެންސަރު މޮޑިފައިކޮށް އަޑުގަދަކޮށް ދުއްވާ…









