އަންނަ އަހަރު އާ މަޝްރޫއުތަކަށް ތިން ބިލިއަން ރުފިޔާ
އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫޢުތަކަށް ތިން ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަހަރުގެ ބަޖެޓުގައި އާ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ ހިމަނާނެ ކަމަށާއި އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ހަރަދު ކުރާނީ އަލަށް ފަށާ ތައުލީމީ ދާއިރާގެ މަސައްކަތްތަކަށް ކަމަށާއި މަދުވެގެން 500 މިލިއަން…









