ހައުސިން މިނިސްޓްރީގައި ރޯވެ އަނދަނީ
ހައުސިން މިނިސްޓްރީގައި އަލިފާން ރޯވެ އަނދަމުން އެބެދަ އެވެ. ހަތަރު ބުރީގެ މި އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ، އަނދަމުންދާ އިރު، އިމާރާތުގެ ބޭރުުން ވެސް ވަރަށް ގަދައަށް އަލިފާން ފެތުރި މުޅި ސަރަހައްދަށް ބޯ ދުން ފެތުރިފައިވެ އެވެ. މި އިމާރާތަކީ ބޭރުން ފެންނަ އިރު، ޓިނުން ހަދާފައިވާ ސްޓަރަކްޗާއެއް އެކުލެވޭ ގޮތަށް ހަދާފައިވާ އިމާރާތެކެވެ. އަލިވާން ނިއްވަން އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު އިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ނުވެ،…









