ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރު ތެރޭ ނިންމާނަން: ރައީސް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ށ. ކޮމަންޑޫ އާއި އެ ރަށް ކައިރީގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮމަންޑޫގައި ގިނަ މަޝްރޫއުތަކެއް ފަށައިފައި ހުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެހެންވެ، ހާއްސަ…