ތުލުސްދުއަށް ކުއްތާއެއް ބޭލި މައްސަލަ ތަހުގީގު ކުރަނީ
ޚާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެކުރި ކުއްތާއެއް، އެ ހުއްދައާއި ޚިލާފަށް ރާއްޖޭގެ ރަަށެއްގައި ގެންގުޅެފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ. ރާއްޖޭގެ ރަށެއްގައި ކުއްތާއެއް ގެންގުޅެނިކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ގުޅޭގޮތުން ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުއްތާއަކީ ދިވެހި ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 5 ވަނަ މާއްދާގެ ހ ގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޚާއްސަ…