ކެޔޮދޫ ބިންހިއްކުން އަންނަ އަހަރު ފެށޭނެ: ރައީސް
ވ. ކެޔޮދޫގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ފެލިދެއަތޮޅު ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ކެޔޮދޫގެ ތަރައްޤީއާއި ކުރިއެރުމަށް ބިމުގެޖާގަ ބޭނުންވާތީ ބިންހިއްކަންޖެހޭކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު އެ…









