އިތުރު ޚިދުމަތްތަކާއި އެކު މާއެންބޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި
އިތުރު ޚިދުމަތްތަކާއި އެކު މާއެނބުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފިއެވެ. މި އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. އެމަނިކުފާނު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާއެނބޫދޫގައި ޤާއިމްކޮށްފައިވާ ސިއްޙީ މަރުކަޒު ހުޅުއްވައި ދެއްވާ އެމަނިކުފާނު ވަނީ އެތަން ބައްލަވާ ލައްވާފައެވެ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތަކީ އެ މަރުކަޒުން ޚިދުމަތް މިހާރު ދިނުމަށް ދިމާވެފައިވާ ޖާގައިގެ ދަތިތަކަށް ހައްލެއް ހޯއްދައިވައި ދެއްވުމަށް، ތަރައްޤީކޮށްފައިވާ އިމާރާތެކެވެ. މާއެނބޫދޫ ސިއްޙީ…









