ރޯދަ މަހަށް ބާޒާރުގެ އަގުތައް ކޮންޓްރޯލް ކުރަން މަޝްވަރާތައް ފަށައިފި
ރޯދަ މަހާ ދިމާކޮށް ތަކެތީގެ އަގުތައް އުފުލިދާނެތީ އެކަމަށް ވިސްނައިގެން ރޯދައަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި އެވެ. ރޯދައަށް ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ސަރުކާރުގެ ވިޔަފާރީގެ މައި ކުންފުނި -- އެސްޓީއޯގެ ވެރިން މިއަދު ބައްދަލުކުރައްވާ ރޯދައަށް ތައްޔާރުވުމުގެ މަޝްވަރާތައް ވަނީ ފަށާފަ އެވެ. އެސްޓީއޯ އަކީ ރޯދަ މަހާ ދިމާކޮށް ދުރާލައި ބައެއް އަސާސީ މުދާތައް ރާއްޖެ ގެނެސް އެފަދަ ތަކެތީގެ އަގުތައް ބާޒާރުގައި ކޮންޓްރޯލް ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އިކޮނޮމިކް…









