މަސްވެރިންގެ އިހުތިޖާޖުން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
މިމަހުގެ ދިހަވަނަ ދުވަހާއި އެގާރަވަނަ ދުވަހު ބޮޑު ކަންނެލި މަސްވެރިން މާލޭގެ އެއް ނަންބަރު ފާލަމުގެ ނެރުން ބޭރުގައި ކުރި އިހުތިޖާޖުން ހައްޔަރުކުރި މީހުންތައް ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ ބަންދުގައި ދެން ތިބި މަސްވެރިން އިއްޔެ ދޫކޮށްލީ ތަހުގީގުކޮށް ނިމުމުން ކަމަށެވެ. މި އިިހުތިޖާޖުން 4 ދިވެހިންގެ އިތުރުން، 3 ބިދޭސީއަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފުލުހުން ވަނީ އެ ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން ބޮޑު ކަންނެލި…









