ފަތުވާ މަޖިލީހަށް އާ މެމްބަރުން އައްޔަންކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އާ މެމްބަރުން މިއަދު އައްޔަންކުރައްވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ މަޖިލިހަށް އައްޔަން ކުރެއްވި މެމްބަރުންނަކީ ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. އަލީ ޒާހިރެވެ. އެ ދެ ބޭފުޅުން އައްޔަން ކޮށްފައިވަނީ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖޭގެ ގައުމީ ޔުނިވަސީޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންގެ ތެރެއިން ކަމަަށް…