މަރާމާތަށް ރަސްފަންނު ސަރަހައްދުން ބައެއް ވަގުތީ ގޮތުން ބަންދުކުރަނީ
މަރާމާތަށް ރަސްފަންނު ސަރަހައްދުން ބައެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް 11 ސެޕްޓެންބަރު 2025 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން، މިމަސައްކަތް ހިނގާ މުއްދަތުގައި، މި މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެ ކަމުގައި އެ ވުޒާރާއިން ބުންޏެވެ. ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކޮށް، ބޭރު ތޮށްޓަށް ބައެއް ބަދަލުތަކެއް ގެނެސް، މޫދަށް…









