ކޮވިޑް ކޭސްތަކުގެ އަދަދު 2،180 އަށް ދަށްވެއްޖެ
މިދިޔަ 24 ގަޑިއިރު މުޅި ރާއްޖޭން ފެނުނު ކޮވިޑް ކޭސްތަކުގެ އަދަދު 2،180 އަށް ދަށްވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, ފާއިތުވި 24 ގަޑިއިރު 6،403 ސާމްޕަލް ޓެސްޓްކޮށްފައިވެއެވެ. އޭގެތެރެއިން 3,082 ސާމްޕަލަކީ މާލެ ސަރަހައްދުން ޓެސްޓްކޮށްފައިވާ ސާމްޕަލްތަކެވެ. މާލެ ސަރަހައްދުން ޓެސްޓްކުރި ސާމްޕަލްތަކުގެ ތެރެއިން 931 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުން 811 މީހުން ޕޮޒިޓިވްވެފައިވާއިރު، ހިނގަމުންދާ ރިސޯޓްތަކުން 63 މީހުން ޕޮޒިޓިވްވެފައިވެއެވެ. 375 މީހުން ޕޮޒިޓިވްވެފައި…