ބްރޯޑްކޮމްގެ ރައީސަކަށް ސަފާ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު ސަފާ ޝަފީގް އިންތިހާބުކޮށްފި އެވެ. އެ ކޮމިޝަނުގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު ހަމަވުމުންނެވެ. ރައީސަކަށް ސަފާ އައްޔަނު ކޮށްފައި ވަނީ މިއަދު ބޭއްވި ކޮމިޝަން ބައްދަލުވުމުގަ އެވެ. މަރިޔަމް ވަހީދާގެ އިތުރުން ކޮމިޝަނުގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވެފައިވާތީ އެ މަގާމަށް ދެ މެންބަރުން އިއްޔެ ވަނީ އައްޔަނުކޮށްފަ އެވެ. އެއީ ކޮމިޝަންގެ ކުރީގެ…