ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން މިވަގުތު ކޮވިޑަށް ފަރުވައިދެނީ 27 މީހުންނަށް
ކޮވިޑް19 ޖެހިގެން މިވަގުތު ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ދަނީ 27 މީހަކަށް ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ ނިސްބަތް ބޮޑުތަނުން މަދުވެފައި މިވަނީ، ކޮވިޑްގައި ގިނަ ބަޔަކު ނިޔާވެ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ގިނަ ބަޔަކަށް ފަރުވާދޭން ޖެހުމުގެ ސަބަބުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އިއްޔެ މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 43 މީހުންނެވެ. އަދި އަތޮޅު ތެރެއިން ޕޮޒިޓިވްވެފައިވަނީ 125 މީހުންނެވެ. ރިސޯޓްތަކުން އިއްޔެ ޕޮޒިޓިވްވީ 7 މީހުންނެވެ.…