ރާއްޖޭގެ ހައްޖުވެރިން ސައުދީއަށް ފުރަން ފަށައިފި
ދިވެހިރާއްޖެއިން މިއަހަރު ހައްޖަށްދާ ހައްޖުވެރިންގެ ފުރަތަމަ ބެޗު މިއަދު ސައުދީއަށް ފުރަން ފަށައިފި އެވެ. ރާއްޖޭގެ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި މިއަދު 298 ހައްޖުވެރިން ފުރާނެއެވެ. އޭގެ ތެރޭގައި 272 ހައްޖުވެެރިންނާއި 26 އެހީތެރިން ހިމެނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 1150 ޙައްޖާޖީން ބައިވެރިވާނެއެވެ. ހައްޖު މިޝަންއިން ބުނީ މިއަހަރުގެ ހައްޖާޖީން މައްކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ 3 ފްލައިޓެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓްގައި ފުރާނީ ޖުމްލަ 298 ހައްޖާޖީންނެއެވެ. ދެވަނަ ގްރޫޕް 353…