މާއުނގޫދޫ ކައުންސިލުން ފާހަގަ ކުރި ކަންކަން ހައްލު ކުރުމަށް މަސައްކަތްކުރާނަން: ރައީސް
މާއުނގޫދޫ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. ށ. މާއުނގޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު މެންދުރު އެ ރަށުގައިި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި މަޝްރޫޢުތައް ހާއްސަ ސަމާލުކަމެއްދީގެން އަމަލީ މަސައްކަތް ކުރިޔަށްގެންދިޔުމަށް މަސައްކަތްކުރައްވާނެކަމުގައެވެ. މާއުނގޫދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ…