ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ހޯދައިފި
ޅ. އަތޮޅު ގާއެރިފަރުގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން މިއަދު އަތުލައިގެންފިއެވެ. ފުލުހުން ބުނީ މެއި 19 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައިފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެކަމަކު، މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.…