އުއްތަމަ ފަނޑިޔާރު ހިމެނޭހެން ޖުޑިޝަރީގެ އިދާރީކަންކަމަށް ލަފާދޭ ބޯޑެއް
އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ޖުޑީޝަރީގެ އިދާރީ ކަންކަމަށް ހާއްސަ ބޯޑެއް އެކުލަވާލަން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ، ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވާލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުމަށްޓަކައި، ޖުޑީޝަރީގެ އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމުގެ ކަންކަމުގައި ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީއަށް ލަފާދިނުމަށްޓަކައި ބޯޑެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. މި ބޯޑުގައި ޖުމްލަ ނުވަ…









