އެމްބިއުލާންސްތައް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި
އަތޮޅުތަކަށް ފޮނުވަން ނިންމާފައިވާ 21 އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިއަދު ފަށައިފިއެވެ. އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރުވެސް…