ދެކުނަށް ކުރަމުންދާ ވިއްސާރައިގަ ހިތަދޫ ދެ ގެ އަކަށް ގެއްލުންވެއްޖެ
މޫސުމް ގޯސްވެ ސ.ހިތަދޫގެ ދެ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިއަދު މެންދުރުފަހު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ސ.ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލައި، އިތުރު ގެއަކަށް ފެން ވަންނަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ވިއްސާރަވެ، ވައިގަދަ ވުމުގެ ސަބަބުން ސ.ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލި ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 15:41…