ކުޅުދުއްފުށިން ޕޮޒިޓިވްވި ޖުމުލަ އަދަދު 51 އަށް
ހދ ކުޅުދުއްފުށިން ކޮވިޑް19 އަށް ޕޮޒިޓިވްވި ޖުމުލަ އަދަދު 51 އަށް އަރައިފިއެވެ. ކުޅުދުއްފުސީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިއަދު އިތުރަށް ޕޮޒިޓިވްވި 7 މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންނާއި އެއްތާވި މީހުންނެވެ. މިހާތަނަށް ވަނީ ރެންޑަމް ސާމްޕަލްގެ ތެރެއިން 16 މީހަކު އެރަށުން ޕޮޒިޓިވްވިވެފައެވެ. އަދި ފުލޫ ކްލިނިކަށް ދެއްކި ހަ މީހަކުވެސް ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވުނު 18 ފަރާތްތަކާއި އަދި ފުރަބަންދުން ފާހަގަ ކުރެވުނު 8…