އިގްތިސާދު ހަރުދަނާވާ މިންވަރަކުން މުސާރަތައް ބޮޑު ކުރެވޭނެ: ރައީސް
ގައުމުގެ އިގްތިސޯދު ހަރުދަނާ ވަމުންދާ މިންވަރަކުން ނުވަތަ އާމްދަނީ ލިބޭ މިންވަރަކުން މި ދައުރު ތެރޭގައި ހުރިހާ ސެކްޓަރ އެއްގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސްގެ އޮފީހުން ސިސްސިލާ ގޮތެއްގައި ގެންނަ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައިސް ވިދާޅުވީ ހުރިހާ ސެކްޓަރ އެއްގެ މުސާރަ ބޮޑު ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އިގްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން މުސާރައަށްވެސް…