އެންމެ ދާއިރާއެއްގެ ވޯޓު ހޯދަނީ. ކީއްވެތޯ ސުވާލު ކުރޭ، ޖަވާބަކީ އެއްވެސް ދާއިރާއެއް އެކަހެރި ނުކުރާނޭ: ރައީސް
އެންމެ ދާއިރާއެއްގެ ތިންހާހެއްހާ ވޯޓު ހޯދުމަށް މަސައްކަތް ކުރަނީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށާއި އެފަދަ މީހުންނަށް ދޭން އޮތް ޖަވާބަކީ އެއްވެސް ދާއިރާއެއް މި ސަރުކާރުން އެކަހެރި ނުކުރާނެކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ށ. މަރޮއްޓަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ އެއްވެސް ދާއިރާއެއް އެކަހެރިކޮށްފައި ބާއްވަން މި ސަރުކާރުން ބޭނުންނުވާ…