ރާއްޖެއާ އިންޑިއާގެ ހާލަތާއި ގުޅޭގޮތުން ރައީސް ސޯލިހު، މޯދީއާއި މަޝްވަރާ ކުރައްވައިފި
ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށާއި އިންޑިއާއަށް ދިމާވެފައިވާ އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.