ރާއްޖެއާއެކު ދުނިޔޭގެ 46 ގައުމަކުން މިހާތަނަށް އޮމިކްރޮން ވޭރިއަންޓު ވަނީ ފެނިފައި: އެޗްޕީއޭ
ރާއްޖެއާއެކު ދުނިޔޭގެ 46 ގައުމަކުން މިހާތަނަށް އޮމިކްރޮން ވޭރިއަންޓު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނީ މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން މިހާރު ވަނީ މި ވޭރިއަންޓް ފެނިފައި ކަމަށާއި މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް 21 ނޮވެމްބަރުގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއް ކަމަށްވެސް ހާމަކޮށްފައިވެއެވެ. މި ކޭސްގެ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސީކުއެންސިން ހެދުމަށް ރާއްޖެއިން…