އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ބޮޑު ހިގާލުން ބާއްވައިފި
އިދިކޮޅު އެމްޑީޕީން "ފުދިއްޖެ، ފުނޑިއްޖެ"ގެ ނަމުގައި މިރޭ ބޭއްވި ހިނގާލުން ނިންމާލައިފި އެވެ. މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުން މިރޭ 8:30 ހާއިރު ފެށި ހިނގާލުން ކުރިއަށް ގެންދިޔައީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގުގައެވެ. މިއީ މި ވެރިކަމުގައި އެމްޑީޕީން ބޭއްވި ފުރަތަމަ މުޒާހަރާ އެވެ. ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ހިނގާލުން ފަށައިގެން ނިންމާލުމާ ހަމައަށްވެސް އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.ހިނގާލުމަށް ފުލުހުން ވެސް ހުރަސްއަޅާފައެއް ނުވެ އެވެ. މި ހިނގާލުމުގައި އެމްޑީޕީގެ…