ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ ފުލުހުން ބުނެފައިވަނީ މިތަކެތި ނައްތައިލާފައިވަނީ މި މާރިޗު މަހުގެ 14 ވަނަ ދުވަހު ވިލިނގިލި ޕޮލިސް ސްޓޭޝަނުގައެވެ. އެގޮތުން، ނައްތާލާފައިވަނީ 246 ފުޅި ބަނގުރައާއި 106 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ 2021 ޑިސެމްބަރ 15 އިން މި ދިޔަ ފެބްރުވަރީ 7 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި…