ދުއްވުން މަނާ ގަޑީގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށް ތިން ވެހިކަލް ޓޯކޮށްފި
އަޟުހާ އީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މާލޭ އަދި ވިލިމާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކުގައި ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށް ތިން ވެހިކަލެއް ޓޯކޮށްފިއެވެ. ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 141 އެއްފަރާތަކަށް ނަސޭހަތްތެރިވެފައިވާކަމަށެވެ. ފުލުހުން ހާމަކުރި ގޮތުގައި ނުރައްކާތެރިކޮށް ދުއްވި 1 ވެހިކަލް، ލައިސަންސް މުއްދަތު ހަމަވެފަ އޮތްވާ ދުއްވައިގެން 1 ވެހިކަލް އަދި އެއްގޮތަކަށް ވެސް ލައިސަންސް ނެތި ދުއްވައިގެން 1 ވެހިކަލް…